އަލަށް ހެދި މަގުތައްސާފުކުރުމުގެގޮތުން ބޮޑު ސާފު ގެ ނަމުގައި ޚަރަކާތެއް

22 ނޮވެންބަރު 2025 ވަނަ ދުވަހު މި ކައުންސިލާއި ރަށުގެ މުއައްސަސާތައް ގުޅިގެން ” ބޮޑު ސާފު” މި ނަމުގައި ރަށުގައި އަލަށް ހެދުނު މަގުތައް ސާފު ކުރުމުގެ ހަރަކާތެއް ވަނީ ބާއްވާފައެވެ.މި ހަރަކާތުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެކި މުއައްސަސާ ތަކުން ބައިވެރި ވެފައިވެއެވެ. އެގޮތުން ރަށުގެ އެކި ސަރަޙައްދުގައި ހުރި އަލަށް ހެދުނު މަގުތައް ވަނީ ސާފުކޮށް ނިމިފައެވެ.
ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ކުލަ ގަދަ ގޮތެއްގައި ގައި ފާހަގަ ކޮށްފި

ކައުންސިލްގެ އެންމެހާ ފިރިހެން މުވައްޒަފުންނަށް ޚާއްސަ ކޮށް ކުލަ ގަދަ ގޮތެއްގައި 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ވަނީ ފާހަގަކޮށްފައެވެ.އެގޮތުން މުވައްޒަފުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައެވެ. މުވައްޒަފުންނާއި ގުޅުން ހުރި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިކައުންސިލްއިން ވަރަށް ބޮޑަށް ބާރުއަޅައެވެ.
މާލިއްޔަތު ގަވާޢިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމް

ހއ. އަތޮޅު ކައުންސިލުން ރަށުކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް، ކުރިއަށްގެންދިޔަ މާލިއްޔަތު ގަވާޢިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި މި ކައުންސިލްގެ ކައުންސިލް އޮފިސަރ ރިފްގާ އަބްދުލޯ އަދި ފައިނޭންސް އޮފިސަރ ހަޝްމާ މޫސާ ބައިވެރިވެފައިވޭ
މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 239 ވަނަ އާންމު ބައްދަލުވުން
ނޮވެންބަރު މަހުގެ މުވައްޒަފުންގެ ބައްދަލުވުން ބާއްވައިފި

މި ބައްދަލުވުމުގައި ސެކްޝަންތަކުގެ މަސައްކަތްތަކާގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހެޅުމާއި، 2025 އޮކްޓޫބަރު މަހުގެ ހާޟިރީން %100 ހާސިލުކުރި މުވައްޒަފުންނަށް ސެޓްފިކެޓް ދިނުން ކުރިއަށް ގެންދެވިފައިވޭ
ސްކޫލްގެ ދެބުރި ޢިމާރާތުގެ މަސައްކަތް
ށ.ފީވަކު ކައުންސިލު އަދި ޑަބްލި.އުޑީ.ސީ މާރަންދުއަށް ޒިޔާރަތް ކުރުން

ށ. ފީވަށް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މާރަންދޫއަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން
ބަނދަރު މަސްކަޑަ އިމާރާތް ކުރުން
ހއ.މާރަންދޫގެ ތާރީޚުގައި ބޮޑު ދުވަހެއް!
29 އޮކްޓޫބަރު 2025 އަކީ މުޅި މާރަންދޫއަށް ވަރަށްވެސް އުފާވެރި ދުވަހެކެވެ. ސަބަބީ އަދުގެ ކައުންސިލުން މާރަންދޫގެ ތަރައްޤީއަށްޓަކައި މި ދައުރުގައި ފެއްޓެވި އެންމެ ބޮޑު ޕްރޮޖެކްޓް ނިންމާ ، މާރަންހިޔާގެ ނަމުން ނަންދެވިފައިވާ އެ ބިނާ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ދުވަހެވެ. މި ރަސްމިއްޔާތު ވަނީ ވަރަށް ކުލަ ގަދަ ކޮށް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހއ.އަތޮޅު ކައުންސިލް މެންބަރު އަދި ހއ.މުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ޝިނާންއެވެ. މާރަންހިޔާ އަކީ […]
މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 237 ވަނަ އާންމު ބައްދަލުވުން
ނަންބަރު: 253-OU-08275/2025/84 ޞުރުހީ: ހއ.މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 237 ވަނަ އާންމު ބައްދަލުވުމުގެ ނިންމުންތައް ތާރީޚް: 22 އޮކްޓޫބަރު 2025 ގަޑި: 13:00 އިން 13:10 ތަން: ހއ.މާރަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް އެޖެންޑާ އައިޓަމް ނިންމުންތައް ފާސްވި ގޮތް 1 04 ވަނަ ދައުރުގެ ކައުންސިލްގެ 237 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކޮއްފައިވެއެވެ. 05 މެމްބަރުންގެ އިއްތިފާޤުން 2 04 ވަނަ ދައުރުގެ ކައުންސިލްގެ 235 ވަނަ އާންމު ޖަލްސާގެ ޔަވްމިއްޔާ […]