ދިވެހި ބޭސްވެރިކަަމުގެ ފަންނު ދިރުވާ އާލާ ކޮށް ހިމާޔަތްކުރުމާ ގުޅޭ

ދިވެހި ބޭސްވެރިނެގެ ޖަމްއިއްޔާއިން ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވާ އާލާ ކޮށް ހިމާޔަތްކުރުމާ ގުޅޭގޮތުން ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިރަށުގައި ދިރިއުޅޭ ބޭސްވެރިކަން ކުރައްވާ ފަރާތްތަކުން 09 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ނަންނޯޓު ކުރެއްވުން އެދެމެވެ.

މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 234 ވަނަ އާންމު ބައްދަލުވުން

ނަންބަރު: 253-OU-08275/2025/81 ޞުރުހީ: ހއ.މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 234 ވަނަ އާންމު ބައްދަލުވުމުގެ ނިންމުންތައް ތާރީޚް: 01 އޮކްޓޫބަރު 2025 ގަޑި: 13:00 އިން 14:20 ތަން: ހއ.މާރަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް އެޖެންޑާ އައިޓަމް ނިންމުންތައް ފާސްވި ގޮތް 1 04 ވަނަ ދައުރުގެ ކައުންސިލްގެ 234 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކޮއްފައިވެއެވެ. 05 މެމްބަރުންގެ އިއްތިފާޤުން 2 04 ވަނަ ދައުރުގެ ކައުންސިލްގެ 233 ވަނަ އާންމު ޖަލްސާގެ ޔަވްމިއްޔާ […]

2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯރޓް

ި ރިޕޯޓަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 ގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ލިޔެވުނު 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ތިލަދުންމަތީ އުުތުރުބުރީ މާރަންދޫ ކައުންސިލުން ހިންގި ޚަރަކާތްތަކުގެ ތަފްޞީލު ރިޕޯރޓެވެ.

ފެނާއި ނަރުދަމާ

މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 4.86 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.59 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި ހަތަރު ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓްފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.