1093 މިީހުންގެ އާބާދީއެއް ހިމެނޭ މާރަންދޫއަކީ ތިލަދުންމަތީ އުތުރުބުރީ ގެ އެންމެހިތްގައިމު އެއްރަށެވެ. ވެރިކަންކުރާ މާލެއާ ގާތްގަނޑަކަށް 320 ކިލޯމީޓަރު ދުރުގައި އޮންނަ މިރަށުގެ ރައްޔިތުންނަކީ ދަނޑުވެރިކަމަށް ހުނަރުވެރި، މަސައްކަތްތެރި ބަޔެކެވެ. ހުޅަނގު މޫސުމުގައި ތަފާތުދަނޑުވެރިކަންކުރާއިރު ، އިރުވައި މޫސުމުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކުރެއެވެ. މި ރަށުގެ ދަނޑުވެރިކަމުގެ ހުނަރުވެރިކަމާއި، ފަސްގަނޑުގެ މުއްސަނދިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ރަށްރަށް ތެރެއިން މީ ފާހަގަކޮށްލެވޭ ރަށެކެވެ.