މިރަށަކީ ބިންގަނޑު ރަގަޅު ފަލަމަޑީގެ ބާވަތްތައް ގިނަ ރަށެކެވެ މިގޮތުން ސަރުކާރުގެ ފަރާތުން މިރަށުގައި ތަރުކާރީ އާއި މޭވާ އިންދާ ހެއްދުމަށް ދަނޑެއް ތައްޔާރުކޮށް ކާމިޔާބު ކަމާއިއެކު އެކަންކޮށްފައިވުމުގެ އިތުރުން އެ ޕްޖެކްޓްގެ ދަށުން މިރަށުގައި މާމުތް ކުޅަދުރު އަލާކޮށް މާމުތް އުފެއްދުމުގެ މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދިޘަޤާފީ ގޮތުން ފާހަގަކޮށްލެވޭ ތަފާތު ކުޅިވަރުތައް ކުޅެމުން ގެންދާ ރަށެކެވެ. މިގޮތުން ފަރިހިި،ބޮޑުބެރު،މާލި، ދަނޑިޖެހުން،މަލާފަތް ލުމުގެ އިތުރުން މަނޑި،ސުވާ ،ތިންމުގޯލި ފަދަ ކުޅިވަރުތައްވެސް ކުޅެއެވެ. . . މިރަށަކީ މެހްމާންދާރީ އަދާކުރުމުގައި ނަމޫނާ ރަށެކެވެ. އަދި މަޝްހޫރު އަލި ތަކުރުފާނުގެ މަންމައަކީ މިރަށުގެ މީހަކަށް ވެފައި ޝަހީދު ކޮށްލެވުނުއިރު ޢަލީތަކުރުފާނަކީ މިރަށުގެ ޚަތީބުކަންވެސް ފާހަގަކުރެވެ


