މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 246 ވަނަ އާންމު ބައްދަލުވުން

  • މާރަންދޫ ކައުންސިލްގެ އިދާރާގެ ނިންމުންތަކުގެ ޚުލާސާ
  • މާރަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 246 ވަނަ އާންމު ޖަލްސާގެ ނިންމުންތައް 31 ޑިސެމްބަރ 2025 އިން 14 ޖެނުއަރީ 2026 ، 11 ރަޖަބު 1447 – 25 ރަޖަބު 1447
  • މާރަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ ކައުންސިލްގެ 246 ވަނަ އާންމު ޖަލްސާއަކީ އެޖެންޑާ ކުރެވިފައިވާ ކަންކަމާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޖަލްސާއެކެވެ.
  • 04 ވަނަ ދައުރުގެ ކައުންސިލްގެ 245 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރިއެވެ.
  • މާރަންދޫ ކައުންސިލް ޕާކް އެންޑް ރެކްރިއޭޝަން ސެންޓަރު (MCRC) ގެ ނަމުގައި ކުޑަކުދިން ކުޅޭ ސަރަހައްދެއްގެ އިތުރުން މާރަންދޫގެ ކުޅި ސަރަހައްދުގައި ފިނިވާނެ ތަންތަން ހެދުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިގަނެ، އެކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ފާސްކުރިއެވެ.
  • 2026 ވަނަ އަހަރަށް ލަފާކުރާ 10,187,609.34 (ދިހަ މިލިއަން އެއްލައްކަ އަށްޑިހަ ހަތްހާސް ހަސަތޭކަ ނުވަރުފިޔާ ތިރީސް ހަތަރު ލާރި) ގެ ބަޖެޓެއް ފާސްކޮށްފައިވެއެވެ. އަދި މި ބަޖެޓް ފާސްކޮށްފައިވަނީ ވަކިވަކި ކަންކަމަށް ކަނޑައެޅިފައިވާ ކޯޑުތަކަށް ބަޖެޓް ބަހާލައިގެންނެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރަ، އިދާރީ ހިންގުން، ރަށުގެ ތަރައްގީގެ މަޝްރޫއުތައް އަދި އިޖުތިމާއީ ކަންކަމަށް ބޭނުންވާ ބަޖެޓް ހިމެނެއެވެ.