މާރަންދޫ ސްކޫލްގެ ދަރިވަރުންނަށް “ސުވާލާއި ޖަވާބު” ދީނީ ސެޝަނެއް ބާއްވައިފި

ހއ. މާރަންދޫ: ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާރަންދޫ ކައުންސިލުން ކުރިއަށްގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްގެ ދަށުން، މާރަންދޫ ސްކޫލްގެ ގްރޭޑް 7 އަކުން 10 އެއްގެ ފިރިހެން ދަރިވަރުންނަށް ޚާއްޞަ “ސުވާލާއި ޖަވާބު ސެޝަން” އެއް ބާއްވައިފިއެވެ. މި ސެޝަނަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމަށާއި، ރަމަޟާން މަހުގެ މަތިވެރިކަމާއި ރޯދައާ ގުޅޭގޮތުން ހުރި ސުވާލުތަކަށް ސާފު މަޢުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ސެޝަންގެ ތެރެއިން ދަރިވަރުންނަށް […]
ކައުންސިލްގެ އާމްދަނީ ރިޕޯޓް – ފެބުރުވަރީ 2026
ހއ.މާރަންދޫ ކުޅި ތަރައްޤީ ކުރުމާއި ގުޅޭ
ހއ.މާރަންދޫ ކުޅި ސަރަހައްދުގައި ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވި ބިޑް ރަޖިސްޓްރީ ކުރުމާއި ، އަންދާސީ ހިސާބުހުށައެޅުމަށް ވަނީ ހުޅުވާލެވިފައެވެ.
މާރަންދޫ ސްކޫލް

މާރަންދޫ ސްކޫލް އެންމެ ފުރަތަމަ ހުޅުވިފައިވަނީ ޢުލޫމީ މަކުތަބުގެ ނަމުގައި 7 އޮކްޓޫބަރ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން މާރަންދޫ މަކުތަބު، އަދި މާރަންދޫ މަދަރުސާގެ ނަން ބޭނުން ކުރުމަށް ފަހު މިހާރުގެ ނަމަށް (މާރަންދޫ ސްކޫ) ބަދަލު ކޮއްފައިވަނީ 21 ސެޕްޓެމްބަރ 2003 ވަނަ އަހަރުއެވެ. މި ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10ށް ކިޔަވައިދޭ ސްކޫލެކެވެ. މި ސްކޫލުގައި ކިޔަވާއިދެނީ ކޮމްބައިންޑް ސްޓްރީމަށެވެ. ފޯނު ނަންބަރު: 6500535
އެސް.ޓީ.އޯ ހއ.މާރަންދޫ ފާރމަސީ
ތަޢާރަފް: މާރަންދޫ ފާމަސި އެންމެ ފުރަތަމަ ޙިދުމަތް ދެއްވުނީ ރައްޔިތުންގެ ބޭސްފިހާރަ ނަމުގައި ކައުންސިލުން އިސްނަންގަވައިގެންއެވެ. އެއްއަށްފަހު އެސްޓީއޯ މާރަންދޫ ފާމަސީ ގެ ނަމަށް ބަދަލު ކުރެވުނީ 15 ޖެނުއަރީ 2015ގައިއެވެ. މިފާމަސީއިން ރައްޔިތުންނަށް ޙިދުމަތް ދެއްވަނީ ރަސްމީ ދުވަސްދުވަހު ހެނދުނު 08.00 އިން 16.00 އަށް އަދި ރޭގަނޑު 20.30 އިން 21.30އަށް ކަމުގައި ދަންނަވަމެވެ. އަދި ރަސްމީ ބަންދު ދުވަސް ދުވަހު މުވައްޒަފުން ތިއްބަވާނީ އޮންކޯލްގައިއެވެ.
(ސެޕްޓެމްބަރ/އޮކްޓޫބަރ 2025)ޑިވަލޮޕްމަންޓް ޕްލޭންއަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓް
މި ރިޕޯޓަކީ 2025 ސެޕްޓެމްބަރު އަދި އޮކްޓޫބަރުމަހު ތަރައްޤީ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ ރިޕޯޓެވެ.
ބެލެނިވެރިންގެ ހިޔާ
މަގުތަކުގައި ހުއްދަ އަކާއި ނުލާ ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ
30 ނޮވެންބަރު 2025 ގެ ކުރިން ކައުންސިލްގެ ހުއްދަ އަކާއި ނުލާ މި ރަށު ގޯޅި މަގުތަކުގައި ބަހައްޓާފައިވާ ގައު، ދަރު ފަދަ ތަކެއްޗާއި އަދި ގަސްގަހުގައި ވިއްދާފައި ހުރި ދަނޑިތައް ނަންގަވާ ދެއްވުމަށް އެދި ދަންނަވަމެވެ. އަދި 12 ފޫޓަށްވުރެ ތިރިކޮށް ހުރި ރުއްގަހުގެ އޮފިތައް ކޮށާ، ސާފު ކުރުމަށް ދަންނަވަމެވެ. ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 04 ޖުމާދަލްޢާޚިރާ 1447 24 ނޮވެންބަރު 2025
2024 ވަނަ އަހަރު ދޫކުރެވެނު ބަންޑާރަ ގޯތި ތަކުގެ ގޯޅި މަގުތައް ސާފުކުރުމާއި ގުޅޭ
2024 ވަނަ އަހަރު ދޫކުރެވުނު ބަންޑާރަ ގޯތި ތަކުގެ ގޯޅި މަގުތަކުގައި ހުރި ރުއްގަސް ވަނީ މިކައުންސިލުން ނަންގަވާފައެވެ. އެހެންކަމުން 01 ޑިސެންބަރު 2025 ގެ ކުރިން އަލަށް ދޫކުރެވުނު ބަންޑާރަ ގޯތިތަކުގެ ވެރިފަރާތްތަކުން ގޯތި ވަށައިގެންވާ މަގުތައް ސާފުކުރުމަށް ދަންނަވަމެވެ. އަދި މިއަދުން ފެށިގެން 01 ޑިސެންބަރު 2025 ވަނަ ދުވަހުގެ ނިޔަލަށް އެ ގޯތިތަކުން ސާފުކުރުމަށް ނަގާ ކުނި އެންދުމުގެ ހުއްދަ ދެވިފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން ކުނި އެންދޭނީ ކޮންމެ ދުވަހެއްގެ […]
ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓާއި ގުޅިގެން ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ކަށަވަރު ކުރުމާއި ގުޅޭ
ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓާއި ގުޅިގެން ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަހުގައި މި ކައުންސިލުން ވާނީ ރަތް ކުލައިގެ ދަވާދުން ނަންބަރުޖަހާފައެވެ. ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި ކައުންސިލުން ފާހަގަކޮށްފައިވާ ރުއްގަސްތަކުގައި އެގެއެއްގެ ނަންބަރު ނުވަތަ ނަން ފާޅުވާ ގޮތަށް ޖެހުމަށްފަހު 07 ޑިސެންބަރު 2025 ވަނަ ދުވަހުގެ 13:00 ކުރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ އަދަދާއި ކައުންސިލުން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރެއްވުން އެދެމެވެ. އަދި ވެރިފަރާތް ސާފުނުވުމުގެ ސަބަބުން ރުއްގަހަށް ބަދަލު […]