ކުޅި ސަރަހައްދު ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން މާރަންދޫގައި ބޮޑު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

މާރަންދޫ – މާރަންދޫގައި އަލަށް ތަރައްގީކުރި ކުޅި ސަރަހައްދު ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން، އެ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މާރަންދޫ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިތުރުން ރައްޔިތުން ބައިވެރިވި މި ހަރަކާތަކީ ކުޅި ސަރަހައްދުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގްސަދުގައި ހިންގި ހަރަކާތެކެވެ.

ޕެނަލްޓީގައި ކެލާ ބަލިކޮށް، ހއ. އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާރަންދޫން ހޯދައިފި

ހުޅުމާލެ – ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ހއ. އަތޮޅުގެ ފައިނަލްގައި، ވަރުގަދަ ކެލާ ބަލިކޮށް މާރަންދޫން އަތޮޅު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މުހިންމު ވަގުތުތައް މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ އަދި ފޯރިގަދަ ކުޅުމެކެވެ. […]

މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2026 އަދި 2027 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މިކައުންސިލްގެ ނަންބަރު: (IUL)253-OU-08275/253/2025/117 (24 ޑިސެމްބަރ 2025) އިޢުލާނާއި ގުޅިގެން އެމަސައްކަތް ކުރުމަށް ހުށައަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމަށް ވާތީ އެ އިޢުލާން ބާތިލްކޮށް އެމަސައްކަތް ކުރުމަށް އަލުން އިއުލާންކުރަމެވެ. މި ރަށު އެކިއެކި ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރު ބައްތިތައް ކޮންޓްރެކްޓް އުސޫލުން 2026 އަދި 2027 ވަނަ އަހަރު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.