ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ގާތުން ޚިދުމަތްތައް ލިބި ރަށުގެ ތަރައްޤީއަށް ކުރާ ކަންތައްތައް ރައްޔިތުންގެ ހިޔާލާއި ފިކުރާއި އެއްގޮތަށް ކުރެވުމާއި ރައްޔިތުން ބާރުވެރިކުރުވާ އަދި ސަރުކާރުން އެކަށައަޅާ ބަޖެޓްގެ ތެރެއިންނާއި ކައުންސިލަށް ލިބޭފައިސާ ރައްޔިތުންގެ ހެވާއި ލާބަޔަށް ބޭނުންކުރެވި އަގުބޮޑު ރައުސްމާލުކަމުގައިވާ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއި އެއްބައިވަންތަކަމާއިއެކު ދުވަހެއްދުވަހަކަށް އިޖްތިމާއީގޮތުންނާއި އިޤްތިސާދީގޮތުންނާއި އުމްރާނީގޮތުންނާއި އިންސާނީ ތަރައްޤީއާއި މުޖްތަމައުގެ އަމާންކަން ހަރުދަނާވެ ރާއްޖޭގެ ނަމޫނާ ރަށްތަކުގެ ތެރެއިން ހިމެނިގެން ދިއުން.


