މާރަންދޫ ސްކޫލްގެ ދަރިވަރުންނަށް “ސުވާލާއި ޖަވާބު” ދީނީ ސެޝަނެއް ބާއްވައިފި

ހއ. މާރަންދޫ: ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާރަންދޫ ކައުންސިލުން ކުރިއަށްގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމްގެ ދަށުން، މާރަންދޫ ސްކޫލްގެ ގްރޭޑް 7 އަކުން 10 އެއްގެ ފިރިހެން ދަރިވަރުންނަށް ޚާއްޞަ “ސުވާލާއި ޖަވާބު ސެޝަން” އެއް ބާއްވައިފިއެވެ. މި ސެޝަނަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމަށާއި، ރަމަޟާން މަހުގެ މަތިވެރިކަމާއި ރޯދައާ ގުޅޭގޮތުން ހުރި ސުވާލުތަކަށް ސާފު މަޢުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ސެޝަންގެ ތެރެއިން ދަރިވަރުންނަށް […]