ޕެނަލްޓީގައި ކެލާ ބަލިކޮށް، ހއ. އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާރަންދޫން ހޯދައިފި

ހުޅުމާލެ – ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ހއ. އަތޮޅުގެ ފައިނަލްގައި، ވަރުގަދަ ކެލާ ބަލިކޮށް މާރަންދޫން އަތޮޅު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މުހިންމު ވަގުތުތައް މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ އަދި ފޯރިގަދަ ކުޅުމެކެވެ. […]