މަގުތަކުގައި ހުއްދަ އަކާއި ނުލާ ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

                    30 ނޮވެންބަރު 2025 ގެ ކުރިން ކައުންސިލްގެ ހުއްދަ އަކާއި ނުލާ މި ރަށު ގޯޅި މަގުތަކުގައި ބަހައްޓާފައިވާ ގައު، ދަރު ފަދަ ތަކެއްޗާއި އަދި ގަސްގަހުގައި ވިއްދާފައި ހުރި ދަނޑިތައް  ނަންގަވާ ދެއްވުމަށް އެދި ދަންނަވަމެވެ. އަދި 12 ފޫޓަށްވުރެ ތިރިކޮށް ހުރި ރުއްގަހުގެ އޮފިތައް ކޮށާ، ސާފު ކުރުމަށް ދަންނަވަމެވެ.     ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 04 ޖުމާދަލްޢާޚިރާ 1447 24 ނޮވެންބަރު   2025

2024 ވަނަ އަހަރު ދޫކުރެވެނު ބަންޑާރަ ގޯތި ތަކުގެ ގޯޅި މަގުތައް ސާފުކުރުމާއި ގުޅޭ

                    2024 ވަނަ އަހަރު ދޫކުރެވުނު ބަންޑާރަ ގޯތި ތަކުގެ ގޯޅި މަގުތަކުގައި ހުރި ރުއްގަސް  ވަނީ މިކައުންސިލުން ނަންގަވާފައެވެ. އެހެންކަމުން 01 ޑިސެންބަރު 2025 ގެ ކުރިން އަލަށް ދޫކުރެވުނު ބަންޑާރަ ގޯތިތަކުގެ ވެރިފަރާތްތަކުން ގޯތި ވަށައިގެންވާ މަގުތައް ސާފުކުރުމަށް ދަންނަވަމެވެ. އަދި މިއަދުން ފެށިގެން 01 ޑިސެންބަރު 2025 ވަނަ ދުވަހުގެ ނިޔަލަށް އެ ގޯތިތަކުން ސާފުކުރުމަށް ނަގާ ކުނި އެންދުމުގެ ހުއްދަ ދެވިފައިވާ ވާހަކަ ދަންނަވަމެވެ. އެގޮތުން ކުނި އެންދޭނީ ކޮންމެ ދުވަހެއްގެ […]