އަލަށް ހެދި މަގުތައްސާފުކުރުމުގެގޮތުން ބޮޑު ސާފު ގެ ނަމުގައި ޚަރަކާތެއް

22 ނޮވެންބަރު 2025 ވަނަ ދުވަހު މި ކައުންސިލާއި ރަށުގެ މުއައްސަސާތައް ގުޅިގެން ” ބޮޑު ސާފު” މި ނަމުގައި ރަށުގައި އަލަށް ހެދުނު މަގުތައް ސާފު ކުރުމުގެ ހަރަކާތެއް ވަނީ ބާއްވާފައެވެ.މި ހަރަކާތުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެކި މުއައްސަސާ ތަކުން ބައިވެރި ވެފައިވެއެވެ. އެގޮތުން ރަށުގެ އެކި ސަރަޙައްދުގައި ހުރި އަލަށް ހެދުނު މަގުތައް ވަނީ ސާފުކޮށް ނިމިފައެވެ.