ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ކުލަ ގަދަ ގޮތެއްގައި ގައި ފާހަގަ ކޮށްފި

ކައުންސިލްގެ އެންމެހާ ފިރިހެން މުވައްޒަފުންނަށް ޚާއްސަ ކޮށް ކުލަ ގަދަ ގޮތެއްގައި 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ވަނީ ފާހަގަކޮށްފައެވެ.އެގޮތުން މުވައްޒަފުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައެވެ. މުވައްޒަފުންނާއި ގުޅުން ހުރި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިކައުންސިލްއިން ވަރަށް ބޮޑަށް ބާރުއަޅައެވެ.

މާލިއްޔަތު ގަވާޢިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމް

ހއ. އަތޮޅު ކައުންސިލުން ރަށުކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް، ކުރިއަށްގެންދިޔަ މާލިއްޔަތު ގަވާޢިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމްގައި މި ކައުންސިލްގެ ކައުންސިލް އޮފިސަރ ރިފްގާ އަބްދުލޯ އަދި ފައިނޭންސް އޮފިސަރ ހަޝްމާ މޫސާ ބައިވެރިވެފައިވޭ