ތަޢާރަފް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ގާނޫނު ނަންބަރު 2010/7 ) ގެ ދަށުން އުފައްދާފައިވާ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ. މިކައުންސިލްގައި ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ގޮތުގައި 39 މުވައްޒަފުން މަސައްކަތް ކުރައްވައެވެ.
ކައުންސިލްގެ މައިގަނޑު ބޭނުމަކީ ހއ.މާރަންދޫ ރައްޔިތުންގެ ކަންކަން ދީމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ނިންމުމަށް މަގުފަހިކޮށްދީ، އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުންނާއި، ޘަޤާފީގޮތުން، މާރަންދޫގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ހއ.މާރަންދޫގައި ހިތްފަސޭހަ އަމާންވެއްޓެއް ޤާއިމްކޮށް ދިނުމެވެ.